ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދުބާއީ ދަތުރަށް ފަހު ރައީސްގެ އަނބިކަނބަލުން ސާޖިދާ ރާއްޖެ ވަޑައިގެންފި
މަރިޔަމް އަނާ
20 ޖޫން 2025 - 14:02
0
comments
Tweet
Telegram
ހަތްވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.
މެރކް ފައުންޑޭޝަންގެ ފަރސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓްގެ 7ވަނަ ބައްދަލުވުން ކުރިއަށްދިޔައީ މި މަހުގެ 18 އަދި 19ގައި ޔޫއޭއީގައެވެ. މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާހައި ރައީސްގެ އަނބިކަނބަލުން ވަނީ ތަގުރީރު ކުރައްވާފައެވެ.
އެ ތަގުރީރުތަކުގައި އިޖުތިމާއީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމާއި، އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ހުނަރު މަދުވެފައިވާ ދާއިރާތައް ކުރިއަރުވައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ވަނީ ވަކާލާތުކުރައްވާފަ އެވެ.
މީގެ އިތުރުން، މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި "މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ"ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް އެކަމަނާ ވަނީ ބައްލަވާލައްވާފަ އެވެ.
މިއަހަރުގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ 14 ގައުމެއްގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގެންނެވި އެވެ. މިއަހަރުގެ ބައްދަލުވުން ހާއްސަ ކޮށްފައިވަނީ އިޖުތިމާޢީ ގޮތުން ދިމާވާ މައްސަލަތަކަށެވެ.
އެގޮތުން، ދަރިމައިވުމުގައި ހުރި ދަތިތަކާއި އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މުހިންމު ކަމަށާއި އަންހެނުން ބާރުވެރިކުރުމާއި ސިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 މަސް ކުރިން
0
ސަރުކާރަށް އެއްބާރުލުން ދޭ ބަޔަކު ނުހޮވައިފި ނަމަ އޭގެ ގެއްލުން ރައްޔިތުންނަށް ކުރާނެ: ފަސްޓް ލޭޑީ
10 މަސް ކުރިން
0
ސިއްހީ ހިދުމަތަކީ ހަނދާންތަކާއި އިހުސާސްތަކާ ގުޅިފައިވާ ހިދުމަތެއް: ފަސްޓްލޭޑީ
11 މަސް ކުރިން
0
ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ އުފައްދަވައިފި
11 މަސް ކުރިން
0
ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ނުކުމެ މިތިބީ ނޫސްވެރިކަމުގެ ދިފާއުގައި: ތިން ރައީސުން
2 ގަޑިއިރު ކުރިން
0
ކުރީގެ 3 ރައީސުންގެ ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން
0
އިޓަލީގެ ޑައިވަރުން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަން ރައީސް ބައްލަވާލައްވައިފި
4 ގަޑިއިރު ކުރިން
0
ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި
8 ގަޑިއިރު ކުރިން
0