
އެ ޖަމިއްޔާ އުފައްދަވާފައިވާކަން އެ ކަމަނާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.އެ ޖަމިއްޔާ އުފެއްދެވި ސަބަބެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވައިފަ އެވެ.މެކް ފައުންޑޭޝަނުގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަން ހާމަކުރައްވާ އެކަމަނާ ވިދާޅުވީ ޖަމިއްޔާއެއް އުފައްދެވީ މެކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ.އެ ކޮމިޓީ ބައްދަލުވުމުގައި ސާޖިދާ ވަނީ މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ހިއްސާ ކުރައްވާފަ އެވެ.މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި މެކް ފައުންޑޭޝަންގެ އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގައި ވެސް ސާޖިދާ ބައިވެރިވަޑަައިގަތެވެ. ސާޖިދާއަކީ އެ ފައުންޑޭޝަނުން ހަމަޖައްސާފައިވާ "މޯ ދެން އަ މަދާ" އެމްބެސެޑަރެކެވެ.ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް "ސަދަގާތު ފައުންޑޭޝަން"ގެ ނަމުގައި އެ ފަދަ މަސައްކަތްތަކެއް ކުރެއްވި އެވެ.