
އުރިދޫއިން ބުނީ ހަބޭސް ބޮޑުބެރު ގްރޫޕްގެ އެ ޝޯ އޮންނާނީ މިރޭ 10 ޖަހާއިރު އާޓިފިޝަލް ބީޗްގައި ހަދާފައިވާ އުރީދޫ ފޭން ޒޯންގައި ކަމަށެވެ. އުރީދޫއިން ބުނީ އެ ޝޯގެ މަގުސަދަކީ މިރޭ ސެމީ ފައިނަލްގައި އާޖެންޓީނާ އާއި ކްރޮއޭޝިޔާ ބައްދަލުކުރާ މެޗްގެ ކުރިން ސަޕޯޓަރުން އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.މިރޭގެ މެޗް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.މިހާރު ކުރިއަށްދާ ވޯލްޑުކަޕާ ގުޅުވައިގެން ފުޓުބޯޅަ ފޯރީގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް އުރީދޫއިން ކުރިއަށް ގެންދެ އެވެ. އެގޮތުން ވޯލްޑުކަޕަށް ހާއްސަ ލަވައެއް އެ ކުންފުނިން ތައާރަފުކޮށްފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި ފޯރިގަދަކޮށް މެޗުބަލާލެވޭނެ ފޭންޒޯންތަކެއް އެ ކުންފުނިން ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރަށް އުރީދޫއިން ވަނީ ސެމީ ފައިނަލް މެޗެއް ބަލަން ގަތަރަށް ދިޔުމުގެ ފުރުސަތު ގުރުއަތުން ހޮވުނު ހަތަރު ކަސްޓަމަރަކަށް ދީފަ އެވެ. އުރީދޫ މޯލްޑިވްސް އަކީ ފީފާ ވޯލްޑުކަޕް، ރާއްޖޭގެ ކަވަރެޖުގެ ޓައިޓަލް ސްޕޮންސަރެވެ.