ޚަބަރު
މަތިވެރިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ
މަތިވެރިން ގެއްލިގެން ހޯދަމުންދާ ހަސަން އަލީ
އއ. މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އުމުރުން 65 އަހަރުން މަތިވެފައިވާ ހަސަން އަލީ (ހަސަންފުޅު) އެންމެ ފަހުން ފެނުނު ކަމަށް ވަނީ ރޭގެ މަގުރިބް ނަމާދުން ފޭބިވަގުތެވެ. އެކަމަކު ކައުންސިލުން ބުނި ގޮތުގައި އިއްޔެ ހަވީރު، އަތިރިމަތިން ވެސް އޭނާ ބަޔަކަށް ފެނުނެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ކައުންސިލަށް އެންގުމަށް ވެސް މަތިވެރި ކައުންސިލުން ވަނީ އެދިފައެވެ.

ގެއްލުނު މީހާ ހޯދުމަށް މަތިވެރީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮއްފައެވެ. އެ ގޮތުން އެގޮތުން މި މިހާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ، މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް(9935353) މަތިވެރި ކައުންސިލްގެ އިދާރާ (6660058) އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.

އޭނާ ހޯދުމަށް ރަށުގެ ރައްޔިތުން މިހާރު މަސައްކަތް ކުރަމުން އަންނައިރު މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު