ޚަބަރު
ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ހިންގުމަށް ސޮއިކޮށްފި
ފަރުކޮޅުގައި ނާސަރީއެއް ތަރައްގީ ކުރަން އެމްއޯޔޫގައި ސޮއިކުރުން - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްގީކޮށް ހިންގުމަށް، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު އެޗްޑީސީން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ، މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމްކުރެވޭ ނާސަރީއެއް ކަމަށެވެ.

އެގޮތުން، މިނިސްޓްރީން ތަރައްގީކުރާ މި ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.

 5 މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ވަނީ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ ފެބްރުއަރީ މަހު އެކަމުގެ ޕްލެޖުގައި ސޮއިކޮށްފަ އެވެ. މި ގަސްތައް އިންދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އިތުރުން ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގަ އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ:

  • އެ ކޯޕަރޭޝަންގެ ދަށުގައިވާ ރަށްތަކަކީ ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން 

  • ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރަކަށް ވާނެ ކަމަށް އެ ކުުންފުނިން ބުނި


މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ބޭނުންވާ އަމާޒަށް ވާސިލުމަށް މަގުފަހިވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އަމާޒަކީ، ބެލުމުގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީ ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު