ޚަބަރު
މަތިވެރީގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ
އއ. މަތިވެރި. -- ފޮޓޯ:ފޭސްބުކް/ވެލި ބީޗް އިން
އއ. މަތިވެރީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ހުޅުވާލައިފި އެވެ.

މާލެއިން ފުރައިގެން ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ވުރެ އަވަހަށް ދަތުރުކުރެވޭ މަތިވެރީގައި އެއާޕޯޓު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފަޅުހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ވަނީ، މި އަހަރު އެ ރަށުގައި އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލްގެ ދަށުން ކަމަށެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް މި ކެޕިޓަލް އަދި އޮޕަރޭޝަނަލް ޚަރަދުތައް އަނބުރާ ހޯދުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން ވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ޝަރުތުތައް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިނިސްޓްރީއަށް މެއިލްކުރަން ޖެހޭނީ 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު