ޚަބަރު
މަތިވެރިން ގެއްލުނު މީހާ އަދިވެސް ނުފެނޭ
އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ ހަސަން އަލީ.
އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ އެރަށު ހަސަން އަލީ (ހަސަންފުޅު) އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަސަންފުޅު ގެއްލިގެން އޭނާ ހޯދުމަށް އެ ރަށުގެ ކައުންސިލުގެ ފޭސްބުކް ޕޭޖްގައި ފޮޓޯއާ އެކު އާންމުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ހޯދަން ފެށީ ހޯމަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެންނެވެ.

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށާއި އެމީހާ ހޯދުމުގެ މަަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރަށުގެ ފަޅުތެރެ ޑައިވްކޮށްގެން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ވެސް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދިވެސް އެމީހާ ހޯދުމަށް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

"އަދި ރަށުގެ ހުރިހާ ސަރަހައްދަކާއި ގޭބިސީތަކާއި ފަޅު ގޯތިތައް ވަނީ ބަލާފައި، އަދިވެސް އިތުރަށް ދަނީ ބަލަމުން".

އުމުރުން 65 އަހަރުން މަތީގެ ހަސަންފުޅަކީ އާންމުކޮށް ދާ އަޅައިގެން މަސް ހިފަން ގޮސް އުޅޭ މީހެކެވެ. އޭނާ އެންމެ ފަހުން ފެނުނީ ހޯމަ ދުވަހު މަގްރިބް ނަމާދުން ފޭބި ވަގުތު ކަމަށްވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު