ޚަބަރު
ފަޅު ހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އަޅަނީ
އއ. މަތިވެރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސް ވިދަޅުވި އެވެ.

"...އެހެންވީމަ އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއާޕޯޓު މަޝްރޫއުތަކުގެ ތެރޭގައި މިރަށުގެ އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެކަން ޔަގީންކަމާއެކު ދަންނަވަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގެ ނަތީޖާއަކަށް ވާނީ މަތިވެރިއާއި އެ ސަރަހައްދަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ދޮރުތައް ހުޅުވުމެވެ. އަދި އެހެނިހެން ދާއިރާތަކަށް އިގްތިސޯދީ ގޮތުން މަންފާކުރާނެ ކަމަށް ވިދާޅުވިއެވެ.

މަތިވެރީގެ ފަޅުތެރެއިން ބައެއް ހިއްކައިގެން އެއާޕޯޓެއް އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

އއ އަތޮޅަކީ އެއާޕޯޓެެއް ނެތް އަތޮޅެކެވެ. އެއަތޮޅުގެ ދެކުނުބުރީގައި އެއާޕޯޓެެއް އެބަ އޮތެވެ. އެއީ އދ މާމިގިލީގަ އެވެ. އެއީ ވިލާ ކުންފުނިން ތަރައްގީކޮށް ހިންގަމުންދާ އެ ކުންފުނީގެ އަމިއްލަ އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު