ޚަބަރު
ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އިންޑިއާއިން ހިފަހައްޓައިފި
ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ސަމަދު ގެންދިޔައީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓަ އެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށުން މިވަގުތު ސަމަދު ހުރީ އެއާޕޯޓުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެރި އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށްފައިވެެެސްވެ އެވެ.

އެކަމަކު ސަމަދު އިންޑިއާގައި ހިފެހެއްޓީ ކޮން ކަމަކާ ގުޅިގެންނެއް ކަމެއް ނޭނގެ އެވެ.

އިންޑިއާގެ އިމިގްރޭޝަނުގެ އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން ސަމަދު ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ އިންޑިއާ އަށް އައީ އިއްޔެ ކަމަށާއި ހޮސްޕިޓަލުގައި އޭނާގެ ދަރިންނާއި އަނބިމީހާ އެކަނިވެރިކޮށްލާފައި އޭނާ މިހާރު އެއާޕޯޓަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ކުށަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު ޑީޕޯޓުކުރުމުގެ މަސައްކަތައިގެން ކުރިއަށް އެ ދަނީ. ސަމަދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ދިވެއްސަކު ހިފަހައްޓައިގެން އުޅޭ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބައެއް މީހުން އިންޑިއާ އިން ހިފަހައްޓައި އަނބުރާ ފޮނުވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
60%
12%
16%
12%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު