ޚަބަރު
ގުރައިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ރިޒާގެ ކޮއްކޮއަށް ދީފި
ހުސައިން ރިޒާ(ވ)އަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ ލިޔުން ހަވާލު ކުރަނީ
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓު، އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ދީފި އެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ މި މަހުގެ 23ވަނަ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ.

ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

ޕީޕީއެމް އިން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހުސެއިން ރިޒާ އެކަންޏެވެ. 

ހުސައިން ރިޒާއަކީ ގިނަ ދުވަސްތަކެއް ވަންދެއް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކްރިމިނަލް ކޯޓުގައެވެ. އަދި ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާތަނަށް އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެކަން އިއުލާނު ކޮށްފައިވަނީ ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި އެމްއެންޕީންނެވެ. އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލެއްވީ އަލީ އާރިފް އެކަންޏެވެ. އެހެންކަމުން، އިންތިހާބަކާ ނުލައި އަލީ އަށް ވެސް ޓިކެޓު ދޭން މިހާރު ވަނީ ނިންމާފައި އެވެ. 

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
75%
0%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު