ގާސިމް، ސަލަފް ޖަމިއްޔާއާ ބައްދަލުކޮށް މަޝްވަރާ ކޮށްފި
އިސްމާއިލް ރިޒާ
20 މާޗް 2023 - 22:29
0 comments
ސަލަފުގެ އޮފީހުގައި އެ ޖަމިއްޔާގެ އިސް ބޭފުޅުންނާއި ގާސިމް އިބްރާހިމް ބައްދަލްކުރައްވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ޖަމިއްޔަތުއް ސަލަފުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރައްވަން ނިންމާފައިވާއިރު، އެ ޕާޓީގެ އިސްބޭބޭފުޅުން ގެންދަވަނީ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ބޭފުޅުންނާއި، ބައްދަލު ކުރައްވަމުންނެވެ.މިއަދު ގާސިމް ވަނީ އެމްއާރުއެމްގެ މުސްތަޝާރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލު ކުރައްވާފައެވެ.ސަލަފުގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް އާއި ކުރީގެ ނާއިބު ރައީސް އައްޝައިހް ހަސަން މޫސާ ފިކުރީ އާއި އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިހް އަހްމަދު ސަމީރާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރުން ކަމަށްވާ ޑރ. އަލީ ޒާހިރު އާއި އައްޝައިހް އަބްދުއްސަލާމް އަދި އައްޝައިހް ޝިހާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކީން ކެންޑިޑޭޓަކު ނެރެން ނިންމާފައިވާތީ އެ ޕާޓީގެ ވިސްނުން ވަނީ ހިއްސާކޮށްފައެވެ. ބެލެވޭ ގޮތުން ޖޭޕީގެ ނިންމުމަށް ސަލަފުގެ ތާއީދަށް ގާސިމް އެދިވަޑައިގަންނަވާނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު