ވިޔަފާރި
ދިރާގުން ނަސީބުވެރިޔަކު ހޮވާ ދެމީހަކަށް އުމްރާ ދަތުރެއް ދެނީ!
މިއަހަރުގެ ދިރާގު ރަމަޟާން މަހުގެ 'ބޮޑު ހަދިޔާ' ކެމްޕެއިންގެ ބޯނަސް ހަދިޔާއެއްގެ ގޮތުގައިދިރާގުގެ ނަސީބުވެރި އެއް ކަސްޓަމަރަކަށް ދެމީހުންގެ ހިލޭ އުމްރާ ދަތުރެއް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ހިލޭ އުމްރާ ދަތުރު ލިބޭ ކަސްޓަމަރު ހޮވަން ނަގާ ގުރުއަތުގައި ދިރާގުގެ ހުރިހާ އެކްޓިވް ކަސްޓަމަރުންނަށްވެސް އިތުރު އެއްވެސް މަސައްކަތަކާއި ނުލައި ބައިވެރިވެވޭނެއެވެ. ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ބޭނުންކުރާ އެކްޓިވް ކަސްޓަމަރުންނަށްވެސް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

"މި އުމްރާ ދަތުރަކީ ކަސްޓަމަރުން ދިރާގަށް މި ހުރިހާ ދުވަހު ކުރަމުންދާ އިތުބާރާއެކު، އަގު ހުރި އިނާމެއްގެ ގޮތުގައި ބޮޑު ހަދިޔާއެއް އެއް ކަސްޓަމަރަކަށް ދީ، ޝުކުރު ދެންނެވުން. ދިރާގުގެ މިހާރުގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން މި މަހުގެ ތެރޭގައި އަޅުގަނޑުމެންނާ އަލަށް ގުޅޭކަސްޓަމަރުންނަށް ވެސް މި އިނާމު ގުރުއަތުގައި ބައިވެރިވެވޭނެ. އަދި މި ގުރުއަތުގެ ނަސީބުވެރިޔާ ހޮވާނީ ރަމަޟާން މަސް ނިމުމުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ އެޑްވަޓައިޒިންގ ހަސަން ޝާރިހު އާދަމް ވިދާޅުވިއެވެ.

ކޮންމެ އަހަރަކުވެސް ދިރާގުން ދަނީ ކަސްޓަމަރުންނަށް ޚާއްސަ އައު އޮފާތަކެއް ގެނެސްދެމުންނެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ދިރާގުން އަންނަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން "މަންމަގެ ވެދުން" ކެމްޕެއިންނާއި، ދިރާގު ޝޮޕް ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު