
ގާސިމް މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެންނެވެ.ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.ދިވެހީންނަށް މި ފުރުސަތު ގެއްލިގެން ދިއުމުގައި ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސް އަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއް ވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ހުކުމުގައި ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.