ޚަބަރު
ޝަހިންދާ އިބޫއަށް: ތިޔައީ ރައްޔިތުންގެ އުއްމީދުން ވައްކަން ކުރާ ދޮގުވެރިއެއް
ފައްޔާޒު އިސްމާއީލްގެ ކޮއްކޮ ޝަހިންދާ
އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ކުރީން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަން ވެސް ކުރި އަދި މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއް ވަޒީރުގެ ފައްޔާޒު އިސްމާއީލްގެ ކޮއްކޮ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މި ފަސް އަހަރަށް ވާވަރަށް ޑރ.އަފްރާޝީމްއާ ރިލްވާންއާ ޔާމީން ރަޝީދު އަށް އިންސާފު ހޯދާ ނިމުނީތޯ ސުވާލުކޮށްފަ އެވެ.

ރައީސް ސޯލިހަށް އިތުރަށް ފާޑުކިޔައި ޝަހިންދާ ބުނީ ދެން އަނެއްކާ އިތުރު ފަސް އަހަރު ނުލިބިއްޖެއްޔާ ދުވަހަކުވެސް ނުވާނެޔޭ (އިންސާފު ހޯދައި ނުދެވޭނެއޭ) ބުނަން ވެއްޖެ ކަމަށެވެ. 

"އަނެއްކާ އިތުރު ފަސް އަހަރު ނުލިބިއްޖެއްޔާ ދުވަހަކުވެސް ނުވާނެޔޭ ބުނޭ ދެން. ތިޔައީ ރައްޔިތުންގެ އުއްމީދުން ވައްކަން ކުރާ ދޮގުވެރިއެއް" އެމްޑީއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ވިދާޅުވި އެވެ.

ގެއްލުވާލާފައިވާ މީހުނާއި މަރާލާފައިވާ މީހުންގެ މަރުތަކު ހަގީގަތް ހޯދާއި އެކަންކަމުގެ މައްޗަށް އާއިލާތަކަށް އިންސާފު ހޯދައިދޭން މި ސަރުކާރުން ވައުދުވެފައި ވެއެވެ. ނަމަވެސް އެ މައްސަލަތަކުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދީފައެއް ނުވެއެވެ. އެހެން ކަމުން މީހުންގެ ފާޑު ކިޔުން އޮވެ އެވެ.

ޝަހިންދާ އަކީ އެ މައްސަލަތަކާ ގުޅިގެން އެންމެ ގިނައިން ފާޑު ކިޔާ އެކެކެވެ.  

ކިޔުންތެރިންގެ ޝުއޫރު
56%
13%
13%
19%
4 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު