މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް ދިރާގަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.އެމް.ބީ.ބީ.އޭގެ ރައީސް، އަބްދުالله އަރީފް މި އިވެންޓާއި ގުޅިގެން ވިދާޅުވީ ރާއްޖޭގައި ބޮޑީބޯރޑިންގ ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި"ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވިއެވެ.މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ބާއްވާ ހަތަރު އިވެންޓެއްގެ ގޮތުގައެވެ. މިގޮތުން 'ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023'ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ މި މަހުގެ 17 އިން 23އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. ދެން އޮންނަ ތިން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.މިކަމާ ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.