ދީން
އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް: ޚުތުބާ
ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަސް ކަމަށާއި ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެމަހުގެ އެންމެ މާތް ދުވަސްތައް ކަމަށެވެ. އަދި ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށް ޚުތުބާގައި ބުންޏެވެ 

ޚުތުބާގައި ބުނެފައިވަނީ ހެޔޮކަމަކީ މީހާއަށް ﷲގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބު ކަމުގައި ދަންނަން ޖެހޭ ކަމަށެވެ. އަދި ފާފަތަކަށް އަރައިގަތުމަކީ ﷲގެ ރަހުމަތުން ދުރުކުރެވި ނިޢުމަތްތަކުން މަޙްރޫމް ވެދާނެ ސަބަބެއް ކަމުގައި ދަންނަން ޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ. 

މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާންކުރައްވާފައިވަނީ އެންމެ މަތިވެރި ހެޔޮ ޢަމްލުތައް މި ދުވަސްވަރު ޖަމާވެގެންދާނެތީ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ހެޔޮ އަމަލު ކުރުމުގައި ޝާމިލުވުމަށް އިސްކަން ދެއްވުމަށް އަވަސްވެގަތުމަށް ހުތުބާގައި ބުނެފައިވެއެވެ. މި ދުވަސްވަރު ތަސްބީހަ ކިޔުމާއި ތަކްބީރު ކިޔުމާއި މާތްﷲ ހަނދުމަ ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ރަސޫލާގެ ހަދީސްއަކަށް ރިއާޔަތްކޮށް ހުތުބާގައި އިތުރަށް ވިދާޅުވީ ހައްޖު މަހުގެ 10 ދުވަހަށް ވުރެ ﷲގެ ހަޒްރަތުގައި ސޯލިހު އަމަލުކުރުމަށް ލޮބިވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނެތް ކަމަށެވެ.

"އަސްހާބުން ދެންނެވި އެވެ. ﷲގެ ރަސޫލާ އެވެ. ﷲގެ މަގުގައި ޖިހާދަ ކުރުމަށް ވުރެއް ވެސް ބޮޑަށްތޯ އެވެ. ރަސޫލާ ހަދީސް ކުރެއްވި އެވެ. ﷲގެ މަގުގައި ޖިހާދުކުރުމަސް ވުރެވެސް މެއެވެ. ޖިހާދު ކުރުމަށް ޓަކައި އޭނާގެ ނަފްސާ މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާއެކު އެނބުރި ނައި މީހާ ފިޔަވަ އެވެ.". ޚުތުބާގައި ވެއެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮ އަމަލަކީ ޙައްޖުގެ މަތިވެރި ރުކުން އަދާކުރުމެވެ. އިސްލާމީ ރުކުންތަކުގެ ތެރޭގައި ހިމެނޭ ފަސް ވަނަ ރުކުން ފުރިހަމަ ކުރުމެވެ،" 

އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ސަވާބާއި ދަރުމަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު