ޚަބަރު
އެމެރިކާ ދަތުރުގެ ހަރަދު ހާމަކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި
ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަ ކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް މި މަހުގެ ދެ ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ދަތުރުފުޅުގައި ސަރުކާރުގެ ވަފުދާއެކު ކުރި ހަރަދު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން އެންގެމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެހެންނަމަވެސް ހައިކޯޓުން ވެސް ނިންމާފައިވަނީ ދައުލަތާ ދެކޮޅަށެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދައުލަތުން ބުނެފައިވަނީ އެ ރިސިޓްތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތުތަކެއް އާންމުވެދާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ނިންމީ އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ވެސް ހަރަދުތަކުގެ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
59%
18%
24%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު