ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް، ނ. ފޮއްދޫ ފެނަކަ އައު އޮފީހާއި އިންޖީނުގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި
އަލީ ރާޒީ
13 އޯގަސްޓް 2023 - 18:19
0
comments
Tweet
Telegram
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި ތަރައްޤީކޮށްފައިވާ ފެނަކަ އައު އޮފީސް އިމާރާތާއި އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. ފޮއްދޫ ފެނަކަ އޮފީހާއި އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާފައި ވަނީ މިހާރު އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފޮއްދުއަށް ވަޑައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި އައު އިންޖީނުގެ ތަރައްޤީކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައެވެ. އަދި އައު އިންޖީނުގެއާ އައު އޮފީސް އިމާރާތް ތަރައްޤީކޮށްފައި ވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސްކޮށް އަދި އިތުރު ވަޞީލަތްތަކާވެސް އެކުގައެވެ. ފޮއްދޫ އިންޖީނުގޭގެ ކެޕޭސިޓީއަކީ 530 ކިލޯވޮޓެވެ. ފެނަކަ އައު އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، ޕޭންޓްރީ، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ސްޓޯރ ހިމެނެއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ފަނޑިޔާރުންގެ ސުލޫކީ މައްސަލައާ ގުޅުން އޮތް ހަނީފަށް ފެނަކައިގެ އިސް މަގާމެއް
1 މަސް ކުރިން
0
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތްކުރަން ފެނަކަ، އާރުޑީސީ، އެމްޓީސީސީއަށް
2 މަސް ކުރިން
0
ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި
2 މަސް ކުރިން
0
އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
37 މިނެޓް ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
42 މިނެޓް ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
2 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
2 ގަޑިއިރު ކުރިން
0