ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފުލުހުންގެ 75 މަރުކަޒު އަޅަން ސޮއިކޮށްފި
އަލީ ރާޒީ
14 މާޗް 2025 - 13:47
0
comments
Tweet
Telegram
ރާއްޖޭގެ 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް ފެށުމަށް ފުލުހުން ރޭ ސޮއިކުރީ އެމްޓީސީއާއި ފެނަކަ ކޯޕަރޭޝަންގެ އިތުރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އެކުގަ އެވެ.
ފުލުހުން ބުނީ، އެ ކުންފުނިތަކާ އެއްކޮށް ސޮއިކުރީ އިންފްރާންސްޓަކްޗާގެ 75 މަޝްރޫއެއް ފެށުމަށް ކަމަށާއި މި އަހަރަކީ އުމްރާނީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ގޮތް:
އާރުޑީސީ - 20 ޕޮލިސް ސްޓޭޝަން
އެމްޓީސީސީ - 15 ޕޮލިސް ސްޓޭޝަން
ފެނަކަ ކޯޕަރޭޝަން - 40 ޕޮލިސް ސްޓޭޝަން
ފުލުހުން ބުނި ގޮތުގައި، މި ދައުރުގެ ޚިދުމަތް ފެށިއިރު ފުލުހުންގެ ޚިދުމަތް ގާއިމުނުވާ 70 ރަށް އެބައޮތެވެ. ރޭ ސޮއިކުރި އެއްބަސްވުންތަކާ އެކު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތާ އެއްކޮށް ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
މީގެ އިތުރުން، މަޝްރޫއުތައް ނިމޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ ދެބައިކުޅަ އެއްބައި ރަށްރަށުގައި ފުލުހުންގެ އަމިއްލަ ޒަމާނީ މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށާއި ފުލުހުންގެ ބަޖެޓުގެ ޚަރަދު ކުޑަކޮށް، ޚިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުވާނެ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި، ރީޖަނަލް ލެވެލާއި އަތޮޅު ލެވެލްގެ ތަންތަނާއި ރަށް ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުގެ އިތުރަށް ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
12 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
2 ދުވަސް ކުރިން
0
ފަނޑިޔާރުންގެ ސުލޫކީ މައްސަލައާ ގުޅުން އޮތް ހަނީފަށް ފެނަކައިގެ އިސް މަގާމެއް
2 ދުވަސް ކުރިން
0
ފުލުސް ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވި މީހާ މަރުވެއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
3 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
4 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
4 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
12 ގަޑިއިރު ކުރިން
0