ޚަބަރު
10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަން އިމާރާތްކުރަން ފެނަކަ، އާރުޑީސީ، އެމްޓީސީސީއަށް
ހޮސްޕިޓަލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ވާހަކަދައްކަވަނީ
10 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.

އެގޮތުން އާރުޑީސީއާ ހަވާލުކުރީ:

  • ނ. ވެލިދޫ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގު: 108,322,537.03 ރުފިޔާ. މުއްދަތު: 540 ދުވަސް
  • އދ. ފެންފުށީ ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ޕްރޮޖެކްޓުގެ އަގު: 26,839,684.82 ރުފިޔާ މުއްދަތު: 540 ދުވަސް
ބ. ކުޑަރިކިލު، ގއ. ކޮނޑޭ އަދި ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ފެނަކާ ކޯޕަރޭޝަނާ އެވެ.

މީގެއިތުރުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު، ށ. މިލަންދޫ، ކ. ތުލުސްދޫ، އއ. ރަސްދޫ އަދި ގއ. ވިލިނގިލި ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

ސިއްހީ ހިދުމަތް ދޭ 10 ތަން ހެލްތު މިނިސްޓްރީން ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކުރީ 2027 ވަނަ އަހަރުގެ ކުރިން ނިންމުމަށެވެ.

މަޝްރޫއުތަކަށް ހަރަދުވާނެ ފައިސާގެ އަދަދު ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި ބައެއް ހޮސްޕިޓަލްތައް އަޅަނީ 108 މިލިއަން ރުފިޔާ އަދި 185 މިލިއަން ރުފިޔާއަށެވެ.

އަދި ސިއްހީ މަރުކަޒުތައް އަޅަން 26 މިލިއަން ރުފިޔާ ހަރަދުވާއިރު، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތް އެޅުމަށް 6 މިލިއަން ރުފިޔާ އަދި 11 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވެސް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް ވަނީ ނުވަ ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތް އަޅަން 627 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު