އިސްމާއިލް ރިޒާ
04 ސެޕްޓެމްބަރ 2023 - 21:30
0 comments
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އޭނާ އަށް ކާމިޔާބުވެއްޖެ ނަމަ ޕީޕީއެމްގެ ކުރީގެ ސަރުކާރުގައި ގާއިމްކުރި މާމިގިިލީ އިންޓަނޭޝަނަލް ޕޯޓުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމްގެ ވެރިކަމުގައި ފެށި އދ. މާމިގިލީ ޕޯޓްގެ މަސައްކަތް މި ސަރުކާރުން ހުއްޓައިލައިފައިވާ ކަމަށާއި އެ ޕޯޓްގެ މަސައްކަތް އަލުން އޭނާގެ ސަރުކާރެއްގައި ފައްޓަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.ތާއީދު ހޯއްދެވުމަށް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގައި މިއަދު ހަވީރު މުއިއްޒު ވަނީ މާމިގިއްޔަށް ވަޑައިގެންފައެވެ.އެ ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތަރައްގީ ހަލުވި ދުވެލީގައި ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވި ގޮތަށް ގެނެސްދޭނެ ކަމަށެވެ."ރައްޔިތުން މިހާރު ބޭނުންވަނީ ބާރު ސްޕީޑުގައި ތަރައްގީ އަންނަން. މި ރަށުގެ ރައްޔިތުން ހަމަ ޔަގީނުން ވެސް އެ ކަން ބޭނުންވޭ. އެ ކަން އަޅުގަނޑުމެންނަށް އެބަ އިހްސާސްކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.އޭނާ ވިދާޅުވީ ޕޯޓުގެ މަސައްކަތް ހަގީގަތަކަށް ހަދައި އެއީ ފީސިބަލް ތަނަކަށް ހައްދަވައިދެއްވާނެކަމަށެވެ.މާމިގިލީ ޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި 28 ޖޫން 2017ގައި އެމްޕީއެލްއާ ހަވާލު ކުރި ޕޯޓެކެވެ. އެ ޕޯޓުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު އަށް މިލިއަން ރުފިޔާގެ ގެއްލުން ވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ 2021ވަނަ އަހަރު ވިދާޅުވެފައެވެ.
މުއިއްޒު، މާމިގިއްޔަށް ވީ ބައެއް އިތުރު ވައުދުތައް
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން.- ޔުނިވާސިޓީ ކެމްޕަހެއް ގާއިމްކުރުން.- އޭޓީއެމްގެ ހިދުމަތް.- އާ މިސްކިތެއް އިމާރާތްކޮށްދިނުން.- ފެންވަރު ރަނގަޅު ހޮސްޕިޓަލެއް.- ޒުވާނުންނަށް ސްޕޯޓްސް ފެސިލިޓިއެއް.