ޚަބަރު
އަހާ ގެ 5 ވަނަ ފޯރަމް މި މަހު 24 ގައި
"އަހާ" ގެ 5 ވަނަ ފޯރަމް މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި މަހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ:

   1. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިހުސާން،
   2. ބަންޑާރަ ނައިބު އަހުމަދު އުޝާމް،
   3. އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު،
   4. ދިވެހި ލެންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
   5. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ

މި ފޯރަމްގައި މިނިސްޓަރުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމާއި، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް، ސޯޝަލް މީޑީއާ އަދި ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުއްވުމަށް ޖެހޭނީ AH ޖައްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު އެސްއެމްއެސް ކުރާނީ 300 އަށެވެ.

އަހާ ފޯރަމް ކުރިއަށް ދާނީ ދެ ގަޑިއިރަށެވެ. މި ފޯރަމް އޮންނާނީ 24 ވަނަ ދުވަހުގެ ރޭގައި ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގައެވެ.

ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ "އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވީ ފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ވަނަ ގަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު