
އެ ލެބު ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކުރާފްޓުގެ މަސައްކަތްތައް އެ ލެބު މެދުވެރިކޮށް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ. ލެބުގެ ސަބަބުން ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންގެ ކިބައިގައި އުފެއްދުންތެރިކަމުގެ ވިސްނުން އަށަގެންނެވޭނެ ކަމަށްވެސް ބުންޏެވެ.ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ. މިއީ ދަރިވަރުން ޝަޢުގުވެރިވާގޮތަށް ތަޢުލީމު ބައްޓަން ކުރަމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެޑިޔުކޭޝަން ފާހަގަކުރައްވައެވެ.