މިއަހަރުގެ އޯލެވެލް އިމްތިޙާނު 8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ. އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި މިއަހަރު 8،218 ދަރިވަރުން ބައިވެރިވެ އެވެ.
މާލޭގެ 21 ސެންޓަަރެއްގައި އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް މާޗް 6 ވަނަ ދުވަހާ ހަމަައަށް ކުރިއަށްދާނެ އެވެ. 
ސަރުކާރުން މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފަ އެވެ.
އެއީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާ އެވެ.