
ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ކަސްޓަމަރުން ގަންނަ ކޮންމެ ސްލައިސް ޗީޒް 10 ކޭސްއަކަށް، ހިލޭ އެއް ކޭސް ލިބޭނެ ކަމަށެވެ. ކުކުޅު ފިހާރަ އިން ސްލައިސް ޗީޒްގެ ހަތަރު ސައިޒެއް ލިބެއެވެ. އެއީ 100 ގްރާމް، 200 ގްރާމް، 250ގ، އަދި އެއް ކިލޯގެ ޗީޒް ކޭހެވެ.މި ޕްރޮމޯޝަންގެ ދަށުން ހަތަރު ސައިޒެއްގެ ކޭސް މިކްސްކޮށް ގަތް ކަމުގައި ވިޔަސް، އެއް ކޭސް ހިލޭ ލިބޭނެ ކަމަށް މާޝިތާ ވިދާޅުވި އެވެ.ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.