ޚަބަރު
ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ހުޅުވާލައިފި
ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސްގެ ހާއްސަ ސްކޮލަޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.

"ކުރި" ޕޯޓަލް މެދުވެރިކޮށް ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަހަރުގެ ސެޕްޓެންބަރު 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން މި އަހަރު ވަނީ ނިންމައިފަ އެވެ. އެގޮތުން ދޭން ނިންމީ 6000ރ. ގެ އެލަވަންސެކެވެ. އެ ސްކޮލަޝިޕް ދެން ލިބޭނީ އޭ ލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ހޯދުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު