ޚަބަރު
އެމްއެމްއޭ އިން ދެއްވަނީ ވަގު ނޫޓެއް ދައުރުނުވާ ކަމުގެ ޔަޤީންކަން
500 ރުފިޔާގެ ފޭކު ނޫޓުތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައިވާ ފޮޓޯއެއް
ރުފިޔާގެ ސައްހަ ނޫން ނޫޓްތަކެއް ދައުރުވަމުން ނުދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އުން ބުނެފި އެވެ. މަރުކަޒީ ބޭންކުން މިއަދު ބުނީ، އެ ނޫޓު އެމްއެމްއޭ އަށް ގެނެސް ބެލިބެލުމުން އޭގެ ސައްހަކަން ކަށަވަރުވެފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ޕޯސްޓުން ދެ ސައިޒެއްގެ ދެ ނޫޓު ފެނެއެވެ. އަދި އޭގެތެރެއިން ކުޑަ ނޫޓަކީ ވަގު ނޫޓެއް ކަމަށާއި، އޭޓީއެމުން އެ ނޫޓު ބަލައި ނުގަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ނޫޓުތަކުގެ ސައިޒުގައި، އެކި ބެޗުތަކުގައި ކުޑަ ތަފާތެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު