ވިޔަފާރި
އެމްއެމްއޭއިން އަތޮޅުތަކުގެ ސްކޫލްތަކަށް ލެކްޗާ ސީރީސް އެއް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަތޮޅުތެރޭގެ ސުކޫލުތަކަށް އަމާޒުކޮށް ލެކްޗާ ސީރީސް އެއް ފަށައިފި އެވެ.

މި ސެޝަންތައް އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ފުވައްމުލަކުގަ އެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި އެމްއެމްއޭ އިން ބޭއްވި ސެޝަންގައި އެ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވި އެވެ.

އެމްއެމްއޭ ލެކްޗާ ސީރީސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަލީ ހާޝިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގަވަރުނަރު ވަނީ އެ މަނިކުފާނުގެ ތަޖުރިބާ ދަރިވަރުންނާ ހިއްސާކޮށް ދަރިވަރުންގެ ފަރާތުން ގަވަރުނަރަށް ހުށަހެޅުނު އެކި ސުވާލުތަކަށް ޖަވާބު ދެއްވާފަ  އެވެ.

މި ލެކްޗާ ސީރީސްގައި ދަރިވަރުންނަށް މައުލޫމާތު ދިން ބައިތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ހިމެނެ އެވެ. މާލީ ހޭލުންތެރިކަމާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުން ވެސް މައުލޫމާތު ވަނީ ދީފަ އެވެ. 

މާލޭގައި ބޭއްވޭ މި ފަދަ ޕްރޮގްރާމުތަކުގައި ރަށްރަށުގެ ސްކޫލްތަކުން ބައިވެރިވުމުގައި ހުރި ދަތިކަން ފާހަގަކުރެވިފައިވުމާއެކު އެ ސްކޫލްތަކަށް އޮތޯރިޓީގެ ފަރާތުން ގޮސްގެން ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް އެކި ދުވަސް މަތިން ސެޝަންތައް ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭ ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު