އިސްމާއިލް ރިޒާ
18 ސެޕްޓެމްބަރ 2023 - 13:27
0 comments
ދޮންތު އަދި އަނބިކަނބަލުން: އެ ދެމަފިރިންގެ އަގު ވަޒަންކޮށް ސަރުކާރުން ވަނީ އިނާމު ވެސް ދެއްވައިފަ -
މާލެއަށް ކިޔަވަން އަންނަ ކުދިން ގޭގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ ކަންކަން ފުޅާދާއިރާއެއްގައި ކުރެއްވި މއ. ކޮއްޓަފަރު އިބްރާހިމް އަބޫބަކުރު (ކޮއްޓަފަރު ދޮންތުއްތު) މިއަދު އަވަހާރަވެއްޖެއެވެ.
އިބްރާހިމް އަބޫބަކުރު އަވަހާރަވެފައިވަނީ އުމުރުން 70 އަހަރުގައެވެ. 
އޭނާ އަކީ 1994 ވަނަ އަހަރުން ފެށިގެން އެކި ރަށްރަށުން މާލެ އަށް ކިޔަވަން އަންނަ ކުދިން ކޮއްޓަފަރު ގޭގައި ބަލަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ސިއްހީ ހާލަތާއި ޒަމާނަށް އައި ބަދަލުތަކާ އެކު، އެ މަސައްކަތް ދޮންތު ވަކި ހިސާބަކުން ހުއްޓާލެއްވީ އެވެ.އެ ހިދުމަތް ފުޅާ ކުރެއްވުމުގެ ގޮތުން އޭނާ ވަނީ ކޮއްޓަފަރުގައި "ކޮއްޓަފަރު ބޯޑިން ހޯމް" ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކުރައްވައިފަ އެވެ. އެ ތަނުގައި ކުޅިވަރު ކުޅެވޭނެ ގޮތްތަކާއި ލައިބްރަރީއެއް ވެސް ގާއިމް ކުރައްވައި، އެ ގޭގައި ތިބޭ ކުދިންނަށް އެ ހިދުމަތްތައް ދެއްވި އެވެ.ކޮއްޓަފަރު ދޮންތުގެ ނަމުން މަޝްހޫރުވެފައިވާ އިބްރާހިމް އަބޫބަކުރުގެ ކޮއްޓަފަރު ބޯޑިން ހޯމްގައި އެތައް ސަތޭކަ ކުދިންނެއް ބެލެހެއްޓެވި އެވެ. އަދި 2007 ވަނަ އަހަރު އޭނާ އަށް އާންމު ހިދުމަތުގެ އިނާމު ލިބިވަޑައިގަތް އިރު ވެސް ކޮއްޓަފަރުގޭގައި ތިބެގެން ކިޔެވި 1،300 އަށް ވުރެ ގިނަކުދިން މުޖުތަމަ އަށް ނެރުނެވެ.