ޚަބަރު
މުއިއްޒު މަސައްކަތް އެ ކުރަނީ އެޗްއާރުސީއެމްގެ ބާރު ކަނޑުވާލަން: ޖީހާން
ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޙައްގުތައް ލިބިދޭކަން ކަށަވަރުކުރަން އައު މުއައްސަސާއެއް އުފެއްދެވުމަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ބާރު ކަނޑާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުޤައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރ. ހުޅުދުއްފާރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ މުވައްސަސާއެއްގެ ގޮތުގައި، އެހެން ގައުމުތަކުގައި ހުންނަ "ސިވިލް ރައިޓްސް ޑިޕާޓްމެންޓް" ފަދަ އޮފީހެއް އުފައްދަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޖީހާން ވިދާޅުވީ މިއީ އެޗްއާރްސީއެމްގެ ބާރު ކަނޑާލަން ކުރާ ކަމެއް ކަމަށާއި މިއީ އަލުން އެޓޯލްސް މިނިސްޓްރީ ހަދައިގެން އެލްޖީއޭގެ ބާރު ކަނޑަން އުޅޭ ގޮތަށް ކުރާ ކަމެއް ކަމަށެވެ.

"މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރާތީ ކަންބޮޑުވޭ،" ޖީހާން ވިދާޅުވި އެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ކުރިއެރުވުމާއި، އެ ހައްގުތައް ހޯދައި ދިނުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއްކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ވަޒަންކުރުމަކީވެސް އެ ކޮމިޝަންގެ ބާރެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ.

އެޗްއާރުސީއެމްއިން 2014 ވަނަ އަހަރު އާންމުކުރި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓުގައި، "އެކްސެސް ޓު ޖަސްޓިސް" ގެ ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ވާހަކަތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ އަމަލެއް ކަމުގައި ބަލައި، ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެޗްއާރުސީއެމްއެޗްގެ މެމްބަރުންގެ މައްސަލަ ބެލި އެވެ.

އެ ރިޕޯޓުގައި ކޮމިޝަނުން ބުނެފައި އޮތީ ގާނޫނުގައި ބަޔާންކޮށްފައިވާ ސާފު އިޖުރާއަތުތަކާ ހިލާފު ބައެއް އަމަލުތައް ސުޕްރީމް ކޯޓުން ކުރަމުން ގެންދާކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބާތިލުކުރުމާއި، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ފިޔަވަޅު އެޅުމާއި، ދަށު ކޯޓުގައި ހިނގަމުންދާ ބައެއް މައްސަލަތައް ހުއްޓުވައި، އެ މައްސަލަތަކުގެ ލިޔުންތައް ސުޕްރީމް ކޯޓަށް ފޮނުވުމަށް އެންގުން ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
29%
14%
43%
14%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު