ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އުމަރުގެ ރަނިންމޭޓް ސަލީމްގެ ތާއީދު، ރައީސް ސޯލިހަށް
މަރިޔަމް އަނާ
28 ސެޕްޓެމްބަރ 2023 - 20:24
0
comments
Tweet
Telegram
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމަވައި އެ ކެމްޕެއިނާ މިއަދު ގުޅިވަޑައިގެންފި އެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވައި އެ މަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކާ މާޒް ސަލީމް ގުޅިވަޑައިގެންނެވީ ހުޅުމާލޭގެ ރުށްގަނޑު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރައީސްގެ ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އުމަރާއި ސަލީމަށް 6،000 ވޯޓު ލިބިވަޑައިގަތެވެ. އެއީ 8 ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ސަލީމްގެ ތާއީދު ދެ ވަނަ ބުރުގައި ރައީސަށް ދެއްވިޔަސް އުމަރު ނިންމެވީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވަން ސަލީމް މިއަދު ހަވީރު ވަނީ ހުޅުމާލޭގައި އޮތް ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ހަރަކާތުގައި ރައީސާ ސަލާން ކުރައްވައި ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.
ރިޔާސީ އިންތިހާބުގައި އުމަރު ނަސީރަށް 4 ވަނަ ލިބިވަޑައިގަތީ 6343 ވޯޓާއެކުއެވެ. އެއީ އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ %2.87 ވޯޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި އަމިއްލަގޮތުން ވާދަކުރައްވައިގެން އުމަރު ނަސީރު 4 ވަަނަ ހޯއްދެވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތާޢީދު ބޮޑުކަމަށް ހީކުރެވުނު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމެވި މާޒް ސަލީމަކީ އުމަރުގެ ރަނިންމޭޓްގެ އިތުރުން، ސިޔާސީ މަސައްކަތުގައި އުމަރުގެ އެންމެ އަރިހުގައި ހުންނަވާ ބޭފުޅާއެެވެ.
ދެ ވަނަ ބުރުގެ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ރައީސާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
15 ގަޑިއިރު ކުރިން
0
ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި
4 ދުވަސް ކުރިން
0
އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް 15 އޮގަސްޓްގެ ކުރިން ބާއްވަން ފާސްކޮށްފި
8 ދުވަސް ކުރިން
0
އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަނީ
11 ދުވަސް ކުރިން
0
ޝަމްހީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސެންޓްރަލް ޖަލު އެޅެންދެން ކަރެކްޝަންސަށް ވަގުތީ ގޮތުން ބިމެއް ދީފި
4 ގަޑިއިރު ކުރިން
0
ތުރާކުނު މިސްކިތުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި: އެމްޓީސީސީ
5 ގަޑިއިރު ކުރިން
0
އެމްޓީސީސީގެ ފްލެޓު މައްސަލާގައި ކުރީގެ ސީއީއޯ ޝާހް އަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
5 ގަޑިއިރު ކުރިން
0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
5 ގަޑިއިރު ކުރިން
0
loading