އަލީ ރާޒީ
06 އޮކްޓޫބަރ 2023 - 14:07
0 comments
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މަރިޔަމް ޝަހާނާ ސިވިލް ސާވިސް ކޮމިޝަނުން މިއަދު އައްޔަންކޮށްފި އެވެ.
އެ މަގާމަށް އޭނަ އައްޔަންކުރީ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ޝިމާޒު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަހާނާ އަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހަމަޖެއްސި ތިން ވަނަ ޕާމަނަންޓް ސެކެޓްރީ އެވެ.އެންމެ ފުރަތަމަ އެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން އޭޕްރިލް، 2019، ގައި އައްޔަނުކުރި އަބްދުﷲ ފަޔާޒު އިސްތިއުފާ ދެއްވީ، މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ޑިސެމްބަރު، 2020، ގަ އެވެ.އެފަހުން އެ މަގާމަށް ޝިމާޒު ހަމަޖެއްސީ ޖޫން 2021 ގަ އެވެ. ޝިމާޒު އިސްތިއުފާ ދިން ތާރީހެއް ސާފެއް ނޫނެވެ.ޓްރާންސްޕޯޓް މިނިސްޓަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތ ނަހުލާ އެވެ.