ޚަބަރު
އުޅަނދު ރަޖިސްޓްރީކޮށްދޭ އަދަދު ކަނޑައެޅުމުގެ ޤަވާއިދަށް ބަދަލު ގެންނަނީ
ރަށްރަށުގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގަވާއިދަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ މާލޭގައި ދުއްވޭނެ ވެހިކަލް ލިމިޓް ކަނޑައަޅުއްވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނިކޮށެވެ.

މިނިސްޓަރު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދު އިސްލާހުނުކޮށް އޮތުމުން އެއްގަމުގައި ދުއްވޭނެ އުޅަނދު ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ވެރިރަށް މާލެއަށެވެ. މާލެ ސިޓީގެ އައު މޭޔަރ ޢާދަމް އާޒިމް ވިދާޅުވެފައިވަނީ އެންމެ އިސްކަން ދެއްވައިގެން ކުރިއަށްގެންދަވާނެ އެއްމަސައްކަތކީ މާލޭގައި ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތްކަމަށެވެ. އަދި އޭގެ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާއެކު ފަށްޓަވާފައިވާކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭގެ ވެހިކަލް ލިމިޓާއި، އުމުރު ކަނޑައަޅުއްވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު