ޚަބަރު
ނޫސްވެރިންނަށް ހިލޭ ސްކޯލަރޝިޕް ދެނީ
މީޑިއާ ހިންގުމަށް ހާއްސަ މީޑިއާ ވިލެޖެއް މާލެ ސަރަޙާއްދުގައި ތަރައްގީކޮަށްދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބީ ރައީސް ވަނީ ރޭ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. މީޑިއާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވި އެ ބައްދަލުވުމުގައި މުއިއްޒު ވަނީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފަ އެވެ.

އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ބައިވެރިވެވަޑައިގަތެވެ.

ނޫސްވެރިންގެ ބައެއް ކަންބޮޑުވުންތައް

• މާލީ ގޮތުން ކުރިމަތިވާ ކޮންޖެހުންތައް

• ނޫސްވެރިންނަށް ޓްރެއިނިން ޕްރޮގްރާމްތައް ނެތުން

• ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ނެތުން

• ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުން

• މައުލޫމާތު ހާމަކުރުމާގައި ހުރި މައްސަލަތައް

އެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މީޑިއާތައް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެއް ދުވަހުން ހައްލު ގެނެވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން އިންތިޚާބީ ރައީސް ވަނީ އެކަމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލައްވައި ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުމުގެ ގޮތުން، މީޑިއާ ވިލެޖެއް ގާއިމްކޮށްދެއްވާނެކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

"މިހާރު ތިބޭފުޅުން މަސައްކަތްކުރައްވަނީ ތަންތަން ކުއްޔަށް ހިފައިގެން. މިއީ މިހާރުން މިހާރަށް ހައްލުކުރެވޭނެކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރުން." އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

އެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރައީސް މުއިއްޒަކީ މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ވެސް ނޫސްވެރީންނާއި ގާތްގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅުއްވީ ފޮރުވުމެއް ނެތް ދެ ފުށް ފެންނަ ސިޔާސަތެއް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު