ޚަބަރު
ކުރީ ސަރުކާރުގެ މިނިސްޓާރު އަސްލަމަށް ދައުވާކުރަން ނަޝީދު ގޮވާލައްވައިފި
ކުރީގެ ހައުސިން މިނިސްޓަރު އަސްލަމު
މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ރުހުން ނުދޭން ގޮވާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ދައުވާ ކުރެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މައްޗަންގޯޅި މެދު ދައިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ބަޖެޓު ބަހުސްގައި ބައިވެރިވެވަޑައިގެން ވަނީ ރައީސް ސޯލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ދައްކަވަނީ ރަނގަޅު ވާހަކަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އައު ހައުސިންގް މިނިސްޓަރ އަށް އެމަނިކުފާނުގެ "އިންތިހާ އިތުބާރު" އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދެވަނަ ދައުރެއް ހޯއްދެއްވުމަށް ރައީސް ސޯލިޙް މާލެ ފޮތިފޮތި ކޮށްލާފައި ބޭނުންފުޅުވި ބޭފުޅަކަށް ބަހާލި ކަމަށެވެ. އަދި ހައުސިންގް މިނިސްޓަރ އަސްލަމް އަދި ސްޓޭޓް މިނިސްޓަރ އަކްރަމް ޢަމަލު ކުރެއްވި ގޮތާއި މެދު ޝަކުވާ ނުއުފުލާ ރައްޔިތެއް މަދު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގޯއްޗާއި ފްލެޓް ދިން ގޮތުން އޮތީ އަސްލަމްގެ މައްސަަލަ އެވެ.

ހައުސިން މިނިސްޓަރަކަށް މިދިޔަ ސަރުކާރުގައި އަސްލަމް ހުންނަވައިގެން ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރެއްވުމަށް "މާލެ ފޮތިފޮތި" ކޮށްލައިގެން ފްލެޓާއި ގޯތި ދިނީ ބޭނުންވާ ބަޔަކަށް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. މިއީ "ޖަރީމާ"އެއްގެ ގޮތުގައި ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ މި ކަމުގައި ޝަކުވާ ނުކުރާ މާލޭގެ އެކަކުު ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

"ހައިދަރަކަށް ނޫން ރުހުން ނުދޭންވީ. އަޅުގަނޑުމެން ކުރީގެ ހައުސިން މިނިސްޓަރުގެ މައްޗަށް ދައުވާ އުފުލާންވީ،" ނަޝީދު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރ ހައިދަރު މައްޗަށް ފުރިހަމަ އިތުބާރެއް އޮތް ކަމަށް ނަޝީދު ހާމަ ކުރައްވާފައިވާއިރު، އެމްޑީޕީ މެންބަރުން ދަނީ ހައިދަރަށް ރުހުން ނުދޭން ގޮވާލަމުންނެވެ. އެގޮތުން އެމްޑީޕީން އެގޮތަށް ނިންމުމައް ގޮލޮޅު ދެކުނު ދައިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގޮވާލައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
57%
14%
29%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު