ޚަބަރު
ތިނަދޫ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ހަވާލުކޮށްފި
ގ.ދ ތިނަދޫގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ކޯސްތައް ހިންގަން ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އައިޔޫއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާނެްސެލަރ ޑރ، އަލީ ޒާހިރެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވާސިޓީއަށް މީގެ ދެދުވަސް ކުރިން އައްޔަން ކުރެވުނު ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ވިދާޅުވި މިހާރުވެސް ތިނަދޫގައި ކޯސްތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް އަމިއްލަ ތަނެއް ނެތުމުގެ ވަރަށް ބޮޑު ދަތިތަކެއް ދިމާވާ ކަމަށާއި، މިހާރު މިތަން ލިބުމުން މިއީ ލިބިގެންދާ ވަރަށް ބޮޑު ލުއިފަސާހެއަށް ކަމަށެވެ.

ތިނަދޫ އިސްލާމީ މަރުކަޒުން އައިޔޫއެމްއަށް އޮފީސް ހިންގުމަށާއި ކްލާސްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ލިބިގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ތިނަދޫ އަކީ މި ސަރަހައްދުގެ މަރުކަޒީ ރަށަކަށްވުމުން ކައިރިރި ރައްތަކުންވެސް ކިޔަވަން ދަރިވަރުން އަންނާނެ ކަމަށެވެ. އެހެން ކަމުން މިއީ ޔުނިވާސިިޓީ ފުޅާ ކުރުމަށް ލިބޭ ފަހި ފުރުސަތެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ މަސައްކަތްތައް ފުޅާކޮށް، ކަންތައްތައް ހަރުދަނާ ކުރުމާއި، އެ ޔުނިވާސިޓީއަށް އާ އިމާރާތެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެނިފެސްޓޯގައި ހިމަނުއްވާފައި ކަންތައްތަކެއް ކަމަށާއި، އެމަނިކުފާނުގެ ވަރަށް ބޮޑު ތަސައްވަރެއް މި ޔުނިވާސިޓީއާ މެދު އެބަ އޮތް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު