އިމިނަތު ޝިޔާޒާ
24 ނޮވެމްބަރ 2023 - 00:45
0 comments
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރު ކަމުން މުހައްމަދު މަލީހު ޖަމާލު މިރޭ ވަކިކޮށްފިއެވެ.

މަލީހު ޕާޓީން ވަކި ކުރަން ނިންމީ ޕާޓީއަށް ނާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ބައްދަލުވުން ބޭއްވީ، އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން އުފެއްދި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއެއް އިއުލާނު ކުރުމަށެވެ.ޕާޓީން ވަކި ކުރަން ނިންމުމުން މިރޭ މަލީހު ވިދާޅުވީ، އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީން ބެލީ ޕާޓީގެ ލެޓާހެޑުގެ ނާޖާއިދު ފައިދާ ހިފައި ލިޔެފައި އޮތް "ފޭކު" ސިޓީއަކަށް ބެލުމަށްފަހު ކަމަށެވެ. އެއީ އޭނާ ސަސްޕެންޑު ކުރިކަން އަންގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ފޮނުއްވި ސިޓީ އެވެ.މަލީހު ޕީޕީއެމުން ވަކިކޮށްފައިވާއިރު ޕީޕީއެމްގެ އިސް ލީޑަޝިޕު އެކަހެރިކޮށް، އެ ޕާޓީ ހިންގަން 13 މެމްބަރުންގެ ކޮމިޓީއެއް ޔާމީން ވަނީ އެކުލަވާލާފަ އެވެ.މި ކޮމިޓީގައި އިސްކޮށް ތިއްބެވީ މަލީހާއި ކުރީގެ ކޮޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލު ރިޒާ އެވެ.