އަހުމަދު ނިހާން
19 ފެބުރުއަރީ 2025 - 18:52
0 comments
ޕީއެންއެފްއިން ބޭއްވި ޖަގަހަ ޖަލްސާ އެއްގައި މަލީހު ވާހަކަދައްކަވަނީ. - ފޮޓޯ: ދައުރު
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު މާލެއިން ބިމެއް ބައްލަވައިގެންފި އެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މަލީހު ބައްލަވައިގަތީ ތަރުމީނާ އިބްރާހިމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. ޖަނާން ނަމަކަށް ކިޔާ އަމިއްލަ ބިމާއި އިމާރާތެވެ. އެއީ 1066.56 އަކަފޫޓުގެ ބިމެކެވެ. އެ ގެއަށްވާ އަށް މިލިއަން ރުފިޔާ ވަނީ ދައްކައި ޚަލާސްކޮށްފައެވެ.އެ ބިން ގަތީ 8 މިލިއަން ރުފިޔާއަށް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.މައްޗަންގޮޅީގައި އޮތް އެ ބިމުގެ އަގު ވެރިފަރާތަށް ދައްކާފައިވާތީ، އެ ބިން މަލީހާއި މަލީހުގެ ދެބެންގެ ދެދަރި ބޭބެ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ތިން ބޭފުޅުންނަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން ނިންމީ މިދިޔަ ހަފުތާގަ އެވެ.އެއީ:- މަރިޔަމް އަފްޝާ މުހައްމަދު ޖަމީލު، އީސްޓްލައިޓް/ ޏ.ފުވައްމުލައް
- އައިކާ މުހައްމަދު ޖަމީލު، އީސްޓްލައިޓް/ ޏ.ފުވައްމުލައް
- އަޔާން މުހައްމަދު ޖަމީލު، އީސްޓްލައިޓް/ ޏ.ފުވައްމުލައް
މަލީހަކީ ކުރީގެ ސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާރު ގެންދަވަނީ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަގަހަ ޖަލްސާ އެއްގައި މުހައްމަދު މަލީހު ޖަމާލް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)