ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔާމީން މިނިވަން ކޮށްދޭނެ ކަމުގެ އުންމީދެއް ނެތް: ޑރ. ޖަމީލު
އިސްމާއިލް ރިޒާ
25 ނޮވެމްބަރ 2023 - 12:24
0
comments
ޔާމީންގެ ބައެއް ވަކީލުން
Tweet
Telegram
އެމްއެމްޕީއާރުސީ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަނިޔާ ދީފާނެ ކަމުގެ ބިރު އޮތް ކަމަށާއި ޔާމީން މިނިވަން ކުރަން އެއްވެސް މަޝްވަރާއެއް މިހާތަނަށް ސަރުކާރުން ކޮށްފައި ނުވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޔާމީނާ މެދު ޕީޕީއެމް އިން އަމަލުކުރިގޮތުން އެއީ އަނިޔާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާނީ ރައީސް ޔާމީންއާ މެދު ޕާޓީން އަމަލުކުރި ގޮތުން ވެސް އެއީ އަނިޔާއެއް ކަމަށް, އައި ހަމައެއާ އެކީގައި އަޅުގަނޑު ގަބޫލުކުރަނީ [މި ސަރުކާރުން] ރައީސް ޔާމީނަށް އަނިޔާ ކުރުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށް," ޖަމީލު, ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.
ޔާމީންގެ މަޝްވަރާޔާ ނުލައި ޕީޕީއެމްގެ ލީޑާޝިޕުން ކަންކަން ނިންމާތީ އެމަނިކުފާނު ވަނީ އެ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފަ އެވެ.
ޑރ. ޖަމީލް ވިދާޅުވީ އިންތިހާބުވި ފަހުން ޔާމީން ގުޅުއްވުމުން ޑރ. މުއިއްޒު ފޯނު ނުނަންގަވާ ކަމަށެވެ. އަދި ޕީއެންސީގެ ޗެއާޕާސަންގެ އާއިލާގެ ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމްތައް ހަމަޖައްސައި ޔާމީނާ ކުރިން އޮތް ގުޅުން ނުބާއްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް މިހާރު ޖަމީލު ގަބޫލު ކުރައްވަ އެވެ. ނަމަވެސް ކުރިން ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ޖަމީލެވެ. ޖަމީލުގެ ފާޑުކިޔުން އޭރު ޔާމީނަށް އަމާޒުކުރީ، ނައިބު ރައީސްގެ މަގާމުން ދުރުކުރުމަށް ފަހު އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ ހުކުމުގެ އިސްތިއުނާފު ޝަރީއަތް އަދިވެސް ހައިކޯޓުގައި ކުރިއަށް ދާއިރު، ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވިއެވެ. އެކަމަކު، ޔާމީން އަދިވެސް މުޅިން މިނިވަނެއް ނުވެއެވެ. އެ މަނިކުފާނު މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
9 ދުވަސް ކުރިން
0
ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި
10 ދުވަސް ކުރިން
0
ޔޫސުފް ނައީމްގެ ހުކުމް ބާތިލްކޮށް އަލުން ބަލަން އަންގައިފި
10 ދުވަސް ކުރިން
0
ޔާމީން މިނިވަން ވާނެ ކަމަށް އުއްމީދު ކުރަން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޔުނިވާސިޓީގެ މެޑިސިން ކިޔަވާ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ: ސަރުކާރު
9 ގަޑިއިރު ކުރިން
0
ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން ދެނީ
10 ގަޑިއިރު ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
10 ގަޑިއިރު ކުރިން
0
ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
10 ގަޑިއިރު ކުރިން
0