ކުޅިވަރު
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޖަވާ އިސްތިއުފާ ދެއްވައިފި
އެފްއޭއެމް ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒް (ވ) އާއި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް--
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހުސައިން ޖަވާޒް (ޖަވާ) އިސްތިއުފާ ދެއްވައިފި އެވެ.

ޖަވާ މިއަދު މީޑިއާތަކަށް ވިދާޅުވީ 24 އަހަރާއި ތިން މަސް ދުވަހު އެފްއޭއެމްގައި ހޭދަކުރެއްވުމަށްފަހު މިއަދު އިސްތިއުފާ ދީފައިވާ ކަމަށާއި އެއީ އުނދަގޫވި ނިންމެވުމެއް ކަމަށެވެ. 

ޖަވާ އިސްތިއުފާ ދެއްވީ އެފްއޭއެމްގެ ހިންގުން ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން ކަމަށް އެނގިފައިވެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ އިސްތިއުފާ ދެއްވާފައި މިވަނީ އެފްއޭއެމްގެ ތެރޭގައި ހިންގަމުން ދިޔަ ހިޔާނާތުގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުންދާ ވަގުތެއްގައެވެ. ހިޔާނާތުގެ ތުހުމަތުކުރެވޭ ބޭފުޅުންގެ ތެރޭގައި ޖަވާ ވެސް ހިމެނެ އެވެ.

ހިޔާނާތުގެ ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެފްއޭއެމް ހައުސްއަށް ވަދެ މައްސަލައާއި ގުޅޭ ހެކިތަކެއް ހޯދާފައި ކަމަށް ފުލުހުން ބުނެ އެވެ.

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ، ހިންގުން ދޯދިޔާ ވުމުން ބައްސާމްގެ އިތުރުން ޖަވާޒު އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އޭރު ޖަވާޒަށް ފާޑު ކިޔަމުން ފުޓްބޯޅައިގެ ތަޖުރިބާކަރަކު ބުނީ ފުޓްބޯޅަ މިހާލަތަށް ވެއްޓިގެން ދިޔައީ އިދާރީ ހިންގުން ބޮއްސުންލައިގެން ދިއުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު