ވިޔަފާރި
އެފްއެސްއެމްގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް ޝުއާއުﷲ
އެފްއެސްއެމްގެ ޑީއެމްޑީ ޝުއާއުﷲ ސައީދު އެ ކުންފުނީގެ ތަންތަނަން ޒިޔާރަތް ކުރައްވަނީ
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝުއާއުﷲ ސައީދު ހަމަޖައްސައިފި އެވެ.


އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝުއާއުﷲ ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިންވެސް ވަނީ ހާމަކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޝުއާއުﷲ ވަނީ މިފްކޯގެ ބޯޑު މެންބަރުކަމާއި އެ ކުންފުނީގެ ވޯކިން ޑައިރެކްޓަރެއްގެ މަގާމު އަދާކުރައްވާފަ އެވެ.

މަގާމާ ހަވާލުވުމަށް ފަހު ޝުއާއުﷲ ވަނީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލާއެކު އެ ކުންފުނީގެ ސައިޓު ތަކާއި މާލެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑް ތަކުގެ އިތުރުން ގުދަން ތަކަށް މިއަދު ޒިޔާރަތް ކުރައްވާފަ އެވެ.

އަދި މި ޒިޔާރަތުގައި ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ސައިޓް ތަކަށް ކުރެއްވި ޒިޔާރަތުގައި އެ ދެ ބޭފުޅުން ވަނީ ކުންފުނި ކުރިއެރުވުމާ ބެހޭގގޮތުން މަޝްވަރާ ތަކެއް ކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު