މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ފަތުރުވެރިން އައި އަހަރަކަށް މިއަހަރުވެ، މިއަހަރުގެ ފަތުރުވެރިކަމުގެ އަމާޒު ހާސިލްކުރުމާ ގާތަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1752706 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ކޯވިޑުގެ ކުރިން 2019ވަނަ އަހަރުއެވެ. އެއަހަރު ރާއްޖެއަށްވަނީ 1702831 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިރިކޯޑާ އަޅާބަލާއިރު މިމަހުގެ 12ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ 49875 އިތުރުވެފަ އެވެ.

ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބު

  • 2019 ވަނަ އަހަރު - 1،702،831
  • 2020 ވަނަ އަހަރު - 555،494 ފަތުރުވެރިން
  • 2021 ވަނަ އަހަރު - 1.2 މިލިއަން ފަތުރުވެރިން
  • 2022 ވަނަ އަހަރު - 1.5 މިލިއަން ފަތުރުވެރިން
  • 2023 ވަނަ އަހަރު - 1،752،706 ފަތުރުވެރިން (ޑިސެމްބަރު 12ގެ ނިޔަލަށް)
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތަށް ބަލާއިރު މިވަގުތު އެއްވަނައިގައި އޮތީ ރަޝިއާ އެވެ. އޭގެފަހުން ދެވަނައިގައި އިންޑިއާ އޮތް އިރު ތިންވަނައިގައި އޮތީ ޗައިނާ އެވެ.

ރާއްޖޭގައި މިވަގުތު 1135 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުޅުވާފައެވެ. އަދި ބެޑް ކެޕޭސިޓީއަކީ 61207 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
 


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު