ވިޔަފާރި
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 334،000 އަށް އަރައިފި
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 334،000 އަށް އަރައިފި އެވެ.

މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 54،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ ހަފްތާތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސި ފަތުރުވެރިންވެރިންނެވެ.

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާތެރޭ ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 54،783 ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވާ 55،558 ފަތުރުވެރިންނާ އަޅާ ބަލާއިރު %1 ދަށް އަދަދެކެވެ.

މިދިޔަ ހަފްތާތެރޭ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް ހަފްތާއެއް ތެރޭ ވަނީ 6،402 ފަތުރުވެރިން އައިސްފައެވެ. 

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 53،222 ފަތުރުވެރިން
  • ރަޝިއާ - 28،465 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 31،925 ފަތުރުވެރިން
  • އިޓަލީ - 30،159 ފަތުރުވެރިން
  • ޖަރުމަނު - 19،751 ފަތުރުވެރިން
  • އިންޑިއާ - 15،714 ފަތުރުވެރިން
  • ފްރާންސް - 10،844 ފަތުރުވެރިން
  • އެމެރިކާ - 10،183 ފަތުރުވެރިން
  • ޕޮލެންޑް - 7،487 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 6،493 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.4 ޕަސެންޓް -- 232،390 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.5 ޕަސެންޓް -- 85،288 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިކަމަށް 172 ރިސޯޓާއި 796 ގެސްޓްހައުސް އާއި 155 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު