ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކައުންސިލްތަކުގެ އިހުތިޞާސްގައި ހުންނަ ފަޅާއި ރަށްތައް ދޫކުރުމުގެ ބާރު ރައީސަށް ލިބޭ ބިލެއް
އަހުމަދު ނިހާން
11 މާޗް 2025 - 12:55
0
comments
Tweet
Telegram
މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
މިއަދުގެ ޖަލްސާގައި ހަމައެކަނި އޮތީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލުގެ ބަހުސެވެ.
އެ އިސްލާހުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓްް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާއި ގުޅޭ އުސޫލާއި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަަށް ދޫކޮށްފައިވާ މުއްދަތު އިތުކުރުމާއި ގުޅޭ އުސޫލު އިސްލާހު ކުރުން ކަމަށެވެ.
ބިލުގައިވާ ގޮތުން ރިސޯޓެއް ނުވަތަ އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިން ނުވަތަ ފަޅުތަކުގެ ކުއްޔަށްދޭ މުއްދަތު 99 އަހަރަށް އިތުރުކޮށް ދެވޭނެ އެވެ. އެގޮތުން ކުއްޔަށް ނެގި މުއްދަތު އިތުރުުކުރުމަށް ދަައުލަތަށް ފީއެއް ނެގުމަށް ބިލުގައި ވަނީ ހިމަނާފައިވެ އެވެ.
އެގޮތުން 20 އަހަރަށް ނަމަ އެއްފަހަރާ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށްނަަމަ އެއް ފަހަރާ 3 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ބިލުގައިވާ ގޮތުން އެ ބިލް ފާސްވެ ގާނޫނަކަށްވާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރުމަށް އެދެވިދާނެ އެވެ.
މިއީ މި ގާނޫނުގެ ފަސް ވަނަ މާއްދާއަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.
މިހާރު އެ މާއްދާ އޮތް ގޮތުން ނަމަ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިޞާދީ ސިޔާސަތެއްގެ ދަށުންނެވެ.
ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެހެންކަމުން މިހާރު ހުށަހެޅިފައިވާ އިސްލާހާއެކު ރައީސަށް ބޮޑު ބާރެއް ލިބޭނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
4 ދުވަސް ކުރިން
0
އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ގައުމެއް ދެމި ނޯންނާނެ: ރައީސް
6 ދުވަސް ކުރިން
0
ރަސްފަންނު އާންމުންނަށް ވަގުތީގޮތުން ހުޅުވާލައިފި
6 ދުވަސް ކުރިން
0
އަޒުމަކަށް ވާންވީ ދީނަށް އަމަލުކުރާ، ދިވެހީންގެ ސިފަތަކަށް ގަދަރުކުރާ މީހަކަށް ވުން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މި ރޯދަ މަހު ވެސް ފަހު 10 ގައި ސަރުކާރު ބަންދު
11 ގަޑިއިރު ކުރިން
0
އުރީދޫ 5ޖީ ހިދުމަތް މިހާރު ރާއްޖޭގެ 80 ޕަސެންޓަށް ލިބޭނެ..!
11 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާލައްވައިފި
11 ގަޑިއިރު ކުރިން
0
ދިރާގު ގޭމާސް ގިލްޑްގެ މުބާރާތެއް އައްޑޫ ސިޓީގައި ބާއްވަނީ
11 ގަޑިއިރު ކުރިން
0