ޚަބަރު
ފޯވާޑަށް ކުޅެގެން ހޯރަފުށީގެ ތަރައްގީ އަށް ކަމެއް ކުރެވޭތޯ އުޅުނިއްޔާ މާ ރަނގަޅު ވާނެ: އިމްދާހު
ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ހޯރަފުށީ ކައުންސިލްގެ ނައިބު އިމްދާހު
ޑިފެންސަށް ކުޅުމުގެ ބަދަލު ފޯވާޑަށް ކުޅެގެން ހޯރަފުށީގެ ތަރައްގީ އަށް ކަމެއް ކުރެވޭތޯ އުޅުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވިދާޅުވެއްޖެ އެވެ.

އިމްދާހު އޭނާގެ ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އަހަރު ތެރޭގައި ސަރުކާރަށާއި އެމްޕީ އަށް ކަމެއް ނުވީމަ ދޮގު ވާހަކަތައް ފަތުރާގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިޔަސް އެކަން ގަބޫލު ކުރާނެ ރައްޔިތަކު މިހާރަކު ނެތް ކަމަށެވެ. 

އިމްދާހު މިހެން ވިދާޅުވީ މިސަރުކާރުން ހޯރަފުށީގެ ތަރަށްގީއަށް ކަންކަން ކުރަން މައުލޫމާތު ހޯދަން ސަރުކާރުގެ ބައެއް އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ކައުންސިލުން ޖަވާބުނުދީ ލަސްކުުރާ ކަމަށް މީހަކު ކުރި ތުހުމަތަކާއި ގުޅިގެން ނެވެ.

ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިފަހުން ހޯރަފުށީގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. 

އިމްދާހުގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވެސް ވަނީ މި ސަރުކާރު ވެރިކަމަށް ހޮވުނު ފަހުން ހޯރަފުށީގެ ތަރައްގީ ނުފެށި އަހަރު ދެ އަހަރުވީމާ ފިޔަން ޖަހަން ކައުންސިލް ކައުންސިލް ނުކިއުއްވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ހއ. ހޯރަފުށީގެ ތަރައްގީ ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އެ ރަށު ކައުންސިލަރު ރައޫފް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ޝޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފަ އެވެ.

މީގެ އިތުރުން މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. 

އެގޮތުން އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ. 

"ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބައްދަލަވައި އެކަންކަން ފައްޓަވައިދެއްވުމަށް އިއްޒަތްތެރި ރައީސަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ޖެނުއަރީ 29، 2025 ގައި ރައީސް މުއިއްޒު ހޯރަފުށްޓަށް ކުރެއްވި ދަތުރުގައި، ކައުންސިލާއި މުއައްސަސާތަކުން ހުށަހެޅި ކަންކަން ހިއްސާ ކުރުމަށް ރައްޔިތުން ތަކުރާރުކޮށް އެދޭ ކަމަށް ބުނެ، އެ ކަންކަން ކަންކަން ބަޔާނުގައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
60%
20%
20%
0%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު