ޚަބަރު
ހިލޭ ބޯންމެރޯގެ ފުރުސަތު: ފުރަތަމަ ކުއްޖާ މިއަދު ފުރައިފި
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފުރަތަމަ ކުއްޖާ މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ބޭއްވި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އޮފީހުގެ އަންޑަސެކެޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ "ހަފްތާ 14"

މަގުޗާޓުގައި ފުރަތަމަ ހަތަރު ހަފްތާގެ ތެރޭގައި ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެމުން އަންނަ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމާއި ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދޭން ކަނޑައެޅި އަމާޒު ހާސިލުކޮށްފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން މި ވައުދު ފުރިހަމަކުރަން ކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުން މިއަދު ބޯން މެރޯ ޓްރާންސްޕްލާންޓަށް އެއް ކުއްޖަކު ފުރާފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

އެ އިންތިޒާމްގެ ދަށުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު