ޚަބަރު
ޒަކާތު ފަންޑުން އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދޭން ސޮއިކޮށްފި
އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ. އަދި ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާޢު ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި، ކޮންމެ އަހަރަކު ޖުމްލަ ދިހަ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި އެހީގެ ދަށުން ކުއްޖަކަށް ޖުމުލަ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހެފައިވާކަމަށެވެ.

"މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުއްޖަކަށް އެއް މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ގޮތުގެ މަތިން. އެހެންވީމަ ފަސް އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.

މިދިޔަ އަހަރު ދައުލަތުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފަސް ކުދިން ފޮނުވާފައިވެ އެވެ. ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 659 ކުދިން އެބަތިއްބެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު