
ރައީސްއާ ގާސިމް ބައްދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ޝަހީބު މީޑިއާތަކަށް އެކަން ކަށަވަރުކޮށްދެއްވަ އެވެ. އަދި މިހާރު އެ ބައްދަލުވުން ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.މިއަދު ރައީސް ގާސިމާ ބައްދަލު ކުރައްވާއިރު މެންދުރު ފަހު އެމްޑީގެ ލީޑަރު މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް މިއަދު ރައީސް ބައްދަލު ކުރައްވަ އެވެ.