ކުޅިވަރު
އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު އަދި އީގަލްސްގެ މުފާ
ފުޓްބޯޅައިގެ ހިންގުންތެރިޔެއް ކަމަށްވާ، މުހައްމަދު ހާޝިމްގެ ދަރިފުޅު މުފާ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ކުރިމަތިލައްވަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑު އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އަދި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒު ހާޝިމް (މުފާ) މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ޓޮމްގެ މިއަދު ކެންޑިޑެސީ ހުށަހެޅިިއިރު، އޭނާގެ ޓީމުގައި ހިމެނެނީ، ރައީސަކަށް ޓޮމްގެ އިތުރުން، ނައިބު ރައީސަކަށް ކުރީގެ އެއް ވަަނަ ގޯލްކީޕަރު، އިމްރާން މުހައްމަދު (ކީޕަރު)، މާޒިޔާގެ ސީއީއޯ އަދި ބައްސާމްގެ ދެ ވަނަ ދައުރުގެ އެކްސްކޯގައި މަސައްކަތް ކުރި، ހުސައިން ޝާފިއު (ކޮއްކީ)، މެމްބަރުންގެ ގޮތުގައި، އެފްއޭއެމް އިންޓަރިމް ރައީސް އަހުމަދު ޝާހިރު، އެފްއޭއެމްގެ ކުރީގެ ޖެރެނަލް ސެކްރެޓަރީ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، އަންހެން މެމްބަރެއްގެ ގޮތުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ އުލާ އިބްރާހިމް، މެމްބަރެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު މިފްތާހު އަދި މެމްބަރުންގެ ގޮތުގައި އަލީ ރިޒްވާން އާއި އަބްދުﷲ ނާސިހު އެވެ.

ޓޮމް ވަނީ މީގެ ކުރީން ވަރަށް ކުރު މުއްދަތަކަށް އެފްއޭއެމްގެ ރައީސްގެ މަގާމު އަދާކޮށްފައެވެ. އެއީ ހަތަރު މަސް ދުވަހުގެ މުއްދަތަކަށް 2016 ވަނަ އަހަރު އެވެ. މިއީ ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ތިންވަނަ ފަހަރެވެ.

މިދިޔަ ދެ ދައުރުގައި ވެސް، އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތްކުރި، މުފާ ހުށަހެޅި އެކްސްކޯ ގައި އެފްއޭއެމް އެންމެ ފަހުން އޮތް އެކްސްކޯގައި މަސައްކަތްކުރި އަހްމަދު ޝަކީބު (ޑޮކް) އާއި ކުރިން އެކްސްކޯއިން އިސްތިއުފާދިން، ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) ހިމެނެ އެވެ.
މުއާބެ، ހިމަނާފައިވަނީ މުފާގެ ޓީމުގެ ނައިބު ރައީސްގެ ގޮތުގަ އެވެ. ދެން ނައިބު ރައީސަކަށް ހިމެނީ، ބުރު ސްޕޯޓްސްގެ މުހައްމަދު އަހްސަން އެވެ.

އިއްޔެ އެފްއޭއެމްގެ ރައީސްކަން ގެއްލުނު ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް 2016 ވަނަ އަހަރު އިންތިޚާބުވީ ޓޮމްއާ ވާދަކޮށްގެންނެވެ. އެ އިންތިހާބުން ޓޮމްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އިއްޔެ ބައްސާމްގެ މަގާމު ގެއްލިފައިވާއިރު ޓޮމް އިސްވެ ހުންނަވައި މި ފަހުން ވަނީ ބައްސާމް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައިފައެވެ.

އަންނަ މަހު 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެފްއޭއެމްގެ އިންތިހާބާ ބެހޭ ކަންތައްތަކެއް އޮޅުންފިލުވަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު