ޚަބަރު
ފާރިސްގެ ތާއީދު އާޒިމް އަށް
ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މާލެސިޓީ މޭޔަރ ކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއަށް، އެމްއާރްއެމް ރައީސް ފާރިސް މައުމޫން ތާއިދު ކުރައްވައިފިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ފާރިޝްގެ ތާއީދު އޮތްކަން ހާމަކުރެއްވީ އާޒިމްގެ ކެމްޕޭން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ މާލެ ސިޓީ މޭޔަރުގެ ކުރިމަތިލައްވާފަ ތިބި ބޭފުޅުންގެ ތެރެއިން، އެންމެ ރަނގަޅު ބޭފުޅަކީ އަލްފާޟިލް އާދަމް އާޒިމް، އެހެންވީމަ އަޅުގަނޑު ތާއީދުކުރަނީ އާދަމް އާޒިމް އަށް، ކެންޑިޑޭޓު ނަމްބަރު ހަތަރެއް" ފާރިސް ވިދާޅުވި އެވެ.

މާލޭ ސީޓީގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެމްއާރްއެމްގެ ރައީސްގެ ތާއިދު އާޒިމަށް ލިބިގެން ދިޔައީ، ފާރިސް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފުދޭވަރަކަށް ވޯޓު ހޯއްދެވި ބޭފުޅެކެވެ. އެގޮތުން އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ވަނީ 2979 ވޯޓު އިންތިހާބުގައި ހޯއްދަވާފައިވެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އާޒިމްގެ އިތުރުން، ސަރުކާރުގެ ތާއިދާއެކު ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވާދަ ކުރައްވައެވެ. މީގެ އިތުން ޑިމޮކްރެޓްސްއިން ސައިފް އަދި ކުރީގެ ރައީސް ޔާމީންގެ ތާއީދު ކުރައްވާ ކެނޑިޑޭޓެއްގެ ގޮތުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ވާދަ ކުރައްވެއެވެ. މި އިންތިހާބުގައި ފުރަހަނި ޝުއައިބު ދަނީ އަމިއްލަ ގޮތުން ވާދަ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު